މީހުން ލިޔުންތައް
✦
ގެއްލިގެން ހޯދާ މީހެއް ނޫން، ގެއްލުނީމަ ހޯދައިދޭ މީހާ
ސައިކަލު ހޯދަމުން ހޯދަމުން ގޮސް މިހާރު އޭނާ ޖަލު ގޮޅިއެއްގައި ވެސް ނިދައިފި އެވެ. އެކަމަކު އެއީ ގެއްލޭ ސައިކަލު ހޯދުމުގައި އޭނާ ސާބިތުކޮށްދެމުން ދިޔަ އާދަޔާހިލާފު ހުނަރު ގަބޫލުނުކުރެވުނު ބަޔަކު އޭނާގެ ކަރުގައި ވަގެއްގެ ބޯޑު އެޅުވި ދުވަހެކެވެ.

ތުއްޓޭގެ ކެމެރާގެ ފަހަތުގައި އޮތީ ފަސްތަރީގެ ވާހަކައެއް
ޓީވީއެމްގެ ހަޔާތުގައި ފަސް ރައީސުންގެ ކެމެރާމަންކަން ކުރި ހަމައެކަނި ތަޖުރިބާކާރަކީ މި އެވެ. ޓީވީގެ އެންމެ ކްލެސިކް ޝޯތަކާއި ދިވެހި ސިނަމާ ފަޅުފިލުވައިދިން އެންމެ ހިޓު ފިލްމުތައް ކެމެރާކުރީ އޭނާ އެވެ. ސިޔާސީ އެންމެ ބޮޑެތި ހަމަނުޖެހުންތަކާއި ބިރުވެރި ހާދިސާތައް ވެސް ރިކޯޑްކުރީ އޭނާ އެވެ.

އަނދަމުން ދިޔަ ދިރިއުޅުން ނިއްވައި ރޯކޮށްލި ޕްރޮފެސަރު
ޓިކްޓޮކަށް ވަންއިރު، ލޮނުމެދަކާއި ދެ ފިޔަ އާއި ސަމާސާއެއް ލައިގެން އޭނާގެ ދިރިއުޅުމުގެ އުދާސްތައް އޭގައި ހަނާކޮށް މީހުންގެ ބަނޑުގައި ގޮށްލައްވަނީ އެވެ.

މަސްތާއި މިއުޒިކުގެ ހާލިން ނުކުމެވުނު ހިނދު
މިއީ ގދ. ނޫފަޅުގައި މީގެ 25 އަހަރު ކުރިން އަބޫ ފެށި ދަތުރު ގޮސް ގަދަ ކަނޑަކަށް ގެއްލުނު ގޮތެވެ. މައިންބަފައިންނާއި އާއިލާގެ މީހުންނާއި ގާތް އެކުވެރިން އޭނާގެ އަތުން ދޫވެ ގެއްލިގެން ދިޔަ ގޮތެވެ. ހަޔާތެއް ބިކަވެ، އަލުން އެނބުރި އައި ގޮތެވެ.

ފަރެސްމާތޮޑާ އަށް ފޭބިތަނުން ސަތޯބުޅީގައި ބޭނިއްޖެ
'ބުޅިމަނިކު' ގެ ނަމުން މުޅި އަތޮޅަށް މަޝްހޫރުވެފައިވާ މި ޝަހުސިއްޔަތަކީ ހުވަދޫ އަތޮޅަށް ކުރަމުން މިދާ ދަތުރުގައި ހަމަ ރަނގަޅަށް ވެސް އަޅުގަނޑު ހައިރާންކޮށްލި އެއް ތަޖުރިބާކާރެވެ.

ފެން ދިނީ ތިން މިރުސް ގަހަށް، ދެން ފޮޅުނީ މޫނިމަލެއް
އޭނާގެ ހަޔާތުގެ އުސްއައްޔަކީ ދެ ކުދިންގެ މަންމައެއްގެ ރޯލު އަދާކުރަމުން ރަށު ފެންވަރުގެ ތަރައްގީގައި ސާބިތުކޮށްދެމުން އަންނަ ހިދުމަތުގެ ހީވާގި ކަމެއް ނޫނެވެ. އެކަމަކު ސުމަކުން ފެށި ދިރިއުޅުމަކަށް އޭނާގެ މުރާލި ހިތްވަރު ގެނެސްދިން ބަޔާންކުރަން ދަތި ހިނިތުންވުމާއި އުފާވެރިކަމެވެ.