މީހުން
✦ފަހުގެ ލިޔުންތައް

ދާންދޫ އިން ފެނުނު މަންޒަރާއި އެ މަންޒަރުގެ އާރުކާޓީ
ތެދުތެދަށް ބުނަނީ ނަމަ މުޅި ހުވަދޫ އަތޮޅުން ވެސް އެންމެ 'ބޭޑް ރިވިއުއެއް' އަޅުގަނޑަށް ލިބިފައި އޮތީ މި ރަށާ ބެހޭ ގޮތުންނެވެ. އެކަމަކު ރަށަށް ގޮސް ފޭބުމާ އެކު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

ސިހުރު ހަދަނީޔޯ، އެކަމަކު ބަލާބަލަ މިކުރާ ސަޅި ކަމެއް
ހޯޑެއްދޫ ރަށުކޮޅަށް ދެވުނުއިރު ކުޅިތައް ބަންޑުންވެ އެ ހިސާބުގަނޑު ވެސް އޮތީ އެއްކޮށް ފެނުއަޑީގަ އެވެ. އަރުވާޖަހައި އެތަނަށް އެރި އެ އޮތް އާމިނަތު ރަޝީދާ އެ ކުރަނީ ކީއްތޯ ބަލައިލަމާ ހިނގާށެވެ.

ފައްޔާޒުގެ ހިމޭން ފީނުން: ބައްޕަގެ ހަނދާނާއި ބަލައި ފޫހި ނުވި މަންޒަރު
އުމުރުން 58 އަހަރުގައި ވެސް ފައްޔާޒު އިބްރާހިމް މިއަދު ވެސް ތައްޔާރުވަމުން އެ ދަނީ ޒުވާނުންތަކެއް ގޮވައިގެން ޑައިވަކަށް ދާށެވެ. އުމުރުގެ އެއްވެސް އިހުސާސެއް ނުވެއެވެ. އޭނާގެ ބައްޕަ ކޮށައިދިން މަގުގައި ކުރެވުނު ތަޖުރިބާތަކާ ހެދި އެވެ.

މަލާމާތް ފޮނި މޭވާއަކަށް ބަދަލުކޮށްލި ޒުވާން ދަނޑުވެރިޔާ
އޭނާ އަކީ މިއަދު މުޅި ރާއްޖެއަށް މަޝްހޫރު 'ޒުވާން ދަނޑުވެރިޔާ' އެވެ. ހަތަރު އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އޭނާ އަކީ މި ވަގުތު ރާއްޖޭގައި ދަނޑުވެރިކަންކުރާ އެންމެ މަގްބޫލު މޫނުގެ އިތުރުން ދަނޑުވެރިކަމުގައި އެންމެ ޑިމާންޑް ބޮޑު ތަޖުރިބާކާރު ވެސް މެ އެވެ.

މިއީ ހުތާއި ހިތުގެ ގުޅުމެއް: ވާދޫ ލުނބޯގެ މަންމަ ފެނިއްޖެ
އުމުރުން 51 އަހަރުގެ ވަހީދާ އަކީ ރަށުގެ ސިއްހީ މަރުކަޒުގައި 'އެޓެންޑެންޓެއް' ގެ ވަޒީފާ އަދާކުރަމުން އަންނަ ހަ ކުދިންގެ ހީވާގި މަންމަ އެކެވެ. ނަމަވެސް އޭނާ މިއަދު މުޅި ރާއްޖެ އަށް މަޝްހޫރުވެފައި ވަނީ ވާދޫ ލުނބޯގެ 'މަންމަ' ގެ ގޮތުގައިކަން ޔަގީނެވެ.

ގެ އާއި ދިރިއުޅުން އަންދާލުމުން ވެސް ހައްވާއްދީ ދުލެއް ނުދިން
ބައްޕަ ހިތަށް އެރި ރަނަކަށް މީހަކަށް އޭނާ 'ވިއްކާލި' އިރު 12 އަހަރު ވެސް ނުފުރެ އެވެ. އެ އަނިޔާގައި ތިން އަހަރު ވަންދެން އުޅެފައި އެންމެފަހުން ލޯބިން ކުރި ކައިވެންޏާ އެކު ބަލިވެއިންދައި މަންމަ އާއި ބައްޕަ އޭނާ ގެއިން ނެރެ މަގުމަތިކޮށްލީ އެވެ.

ފާތުމަތު ސައީދުގެ ޅެންވެރި ދުނިޔެއިން ނުފޮނުވައި ހުރި ސިޓީތަކެއް
ފާތުމަތުގެ ޅަފުރާއަކީ އޭނާއަށް މުޅިން އެހެން ފިލާވަޅުތަކެއް ނަގައިދިން ހަޔާތުގެ ބާބެކެވެ. އަދި ފުރާވަރަށް އަރައި 18 އަހަރު ފުރުނުއިރު އޭނާ ތިން ކުދިން ވިހައިފި އެވެ. ތިން ވަނަ ކުއްޖާ ވިހެއީ އުމުރުން 18 އަހަރުގަ އެވެ. އުމުރުން 23 އަހަރު ފުރުނުއިރު އޭނާ އަކީ ހަތަރު ކުދިންގެ މަންމައެކެވެ.

ވޮށުފިލާއެއްގައި އިލޮށިގަނޑެއް ދުވާ އަޑު: ނޫނުން ނިސްރީނުގެ އަޑު
ސ. މީދޫ، ކުދިމާވާދީ ނިސްރީނު އަލީ ވޮށުފިލާ އަޅައިދޭތާ މިހާރު 42 އަހަރުވީ އެވެ. އަޅުގަނޑު ވެސް އަކުރު ދަސްކުރަން ދިޔަ ފުރަތަމަ ކިލާހަކީ މި އެދުރުމާމަގެ 'އަކުރު ދަސްކޮށްދޭ' މި ކިލާހެވެ.




