މެރިހާނާ
✦

ރަހަ

✦
 ޒުވާން ދަނޑުވެރިޔާ އެންމެފަހުން ކޮފީ ވެސް އިންދައިފި

ޒުވާން ދަނޑުވެރިޔާ އެންމެފަހުން ކޮފީ ވެސް އިންދައިފި

މީގެ ހަތަރު އަހަރު ކުރިން އޭނާ ފެށީ 'ކޮފީ ޕްރޮޖެކްޓް' ގައި ގަސްތައް ފޯދި އޭގައި މާ އަޅައި އެ މާތައް ކޮފީބީންސްތަކަށް އެ ވަނީ ބަދަލުވެފަ އެވެ.

ކާމިޔާބީގެ ރަހަ މުންނީ ހެޔޮވަރުކުރީ ބައްޕަގެ ހަނދާންތަކުން

ކާމިޔާބީގެ ރަހަ މުންނީ ހެޔޮވަރުކުރީ ބައްޕަގެ ހަނދާންތަކުން

އެމްއެންޔޫ އިން ކަލިނަރީ ސެޓްފިކެޓް ތިނެއް ފުރިހަމަކޮށް 2021 ވަނަ އަހަރު ފެށި މި ދަތުރުގައި ރާއްޖޭގެ އެންމެ މޮޅު ޝެފުގެ މަގާމަށް އާދެވިދާނެ ކަމަކަށް އޭނާ ހުވަފެނަކުން ވެސް ނުދެކެ އެވެ.

އަލްފްރެސްކޯ އިން ޓްރެންޑްސް އަށް: އެކަމަކު ކޮފީ މޭޒުގެ އެ ރޫހު ގެއްލިއްޖެ

އަލްފްރެސްކޯ އިން ޓްރެންޑްސް އަށް: އެކަމަކު ކޮފީ މޭޒުގެ އެ ރޫހު ގެއްލިއްޖެ

އަނގައިންވެސް ނުބުނެ ފޯނަށް ގެއްލި ތިބެގެން ކޮފީ ބޯލާ މިއަދުގެ ޒަމާނާ އަޅާކިޔާއިރު މީގެ 25 އަހަރު ކުރީގެ މާލޭގެ ކޮފީ މޭޒުތަކުގެ އެ ޖާދުވީ ދުވަސްތައް މިސްވަނީ ވަރަށް ބޮޑަށެވެ.

ކޭލަ ބީޗު ކެފޭ އިން ކުރީ އެންމެ ސުވާލެކެވެ. މި އޮތީ އަހަރެންގެ ރިވިއު އެވެ.
ކެފޭ

ކޭލަ ބީޗު ކެފޭ އިން ކުރީ އެންމެ ސުވާލެކެވެ. މި އޮތީ އަހަރެންގެ ރިވިއު އެވެ.

އެ ބުނާ "ފުޑްސް ކަހަލަ އެއްޗަކީ" އަހަރެންގެ މެނޫގައި އަބަދުވެސް ދިވެހި ކެއުމެކެވެ. ކޭލަ ބީޗު ކެފޭ އަށް ދާން މަޖުބޫރުވީ އެހެންވެގެންނެވެ. އަދި މިވަރުގެ ރިވިއުއެއް ހިލޭ ސާބަހަށް ލިޔެދޭން ޖެހުނީ އެތަނުގެ ރަހަތައް އަހަރެން މޮޔަކޮށްލީމަ އެވެ.

މަރިޔަމް މަލާ މި ކައްކަނީ ކޯއްޗެއް؟

މަރިޔަމް މަލާ މި ކައްކަނީ ކޯއްޗެއް؟

އެގްރޯ މާޓް' އިން ހުށަހަޅައިދޭ މި ހާއްސަ ސެގްމަންޓުގައި ޝައު ކިޔައިދެނީ އޭނާގެ ދިރިއުޅުމަށް 'މަރިޔަމް މަލާ' ގެ އަސަރުކުރިގޮތާއި އެ ކުލަ ދުނިޔޭގައި އޭނާ އަށް ހުޅުވިގެން ދިޔަ އެތައް ދޮރެއްގެ ވާހަކަ އެވެ.

ލައިހޫރެމުން ދަނިކޮށް މި ވަދެވުނީ އެހެން ޒަމާނަކަށް
ކެފޭ

ހުޅުމާލެ / ފޭސް 1

ލައިހޫރެމުން ދަނިކޮށް މި ވަދެވުނީ އެހެން ޒަމާނަކަށް

އެތަނުގައި ބަހައްޓާފައި ހުރި ކެބިނެޓެއްގެ ތެރޭގައި ވަރަށް ގިނަ ކުރީ ޒަމާނުގެ ސާމާނު ހުއްޓެވެ. މިލެނިއަލްސް ކުޑައިރުއްސުރެ މޫނުގައި ޖެހި ފުށްދަޅުވެސް ހުއްޓެވެ. އޭގެ އިތުރުން ތެޔޮ ފުޅި، ކުރީ ޒަމާނުގައި ބޭނުންކުރި ލާރި ފޮއްޗާއި ރުފިޔާ، ވެލާފަތްގަނޑު، އުށްބައްތި ބަހައްޓާ އެއްޗެއް އަދި މިކަހަލަ ބައިވަރު އެއްޗެހި އެތަނުގައި ހުއްޓެވެ.

އެތަނުން ކެއީމަ ހީވީ ގާދޫކޮލުން ނުކުމެ މެދުއިރުމައްޗަށް ދެވުނުހެން
ރެސްޓޯރެންޓް

މާލެ

އެތަނުން ކެއީމަ ހީވީ ގާދޫކޮލުން ނުކުމެ މެދުއިރުމައްޗަށް ދެވުނުހެން

މާލެ އަށް އަލަސް އަދި ބަލަސް، މާލެ ވަށައިގެން ޖަހާ ބުރެއްގައި ލޮލުގައި އަޅައިގަންނަ އެންމެ ހިތްގައިމު ރެސްޓޯރެންޓަކީ މި 'އޮއްޕާ' އެވެ. އެކަމަކު އަދި މަޑުކޮށްބަލާށެވެ. އަނގަބަހުން މިތަން ހުންނަ ތަން ބުނެދޭން އަދި މާފަސޭހަވާނެއެވެ. ކުރީގެ ޓަސްކަލޫސާ ހުރި ތަނަށް އަންނާށެވެ. އެ ވަދެވުނީ އޮއްޕާ އަށެވެ.

 ނަޑައްލާ އަށް ގޮސް ހައިވެއްޖެ، ބަސްބޫސާގައި ބަސްހުއްޓިއްޖެ
ކެފޭ

ގދ. ނަޑައްލާ

ނަޑައްލާ އަށް ގޮސް ހައިވެއްޖެ، ބަސްބޫސާގައި ބަސްހުއްޓިއްޖެ

ހައިވަމުން ދިޔަ ބަނޑުފުރަން ގޮސް ވަންނާނެ ހޮޓަލެއް މުޅި ރަށް ކުޑަކޮށްލެވުނުއިރު ވެސް ފެންނަގޮތެއް ނުވި އެވެ. އަދި ދެ ތިން މީހަކާ ވާހަކަ ދައްކާލުމުން މި ރަށުގައި ސައިހޮޓަލެއް، ކެފޭއެއް ނުވަތަ ރެސްޓޯރެންޓެއް ވެސް ނެތްކަން ޔަގީންވެއްޖެ އެވެ. ދެން ފެނުނީ ބަސްބޫސާ އެވެ.

ތޯހިރާ އެ އޮތީ ދޯރާ ބާލަން ރުކައް އަރައި

ތޯހިރާ އެ އޮތީ ދޯރާ ބާލަން ރުކައް އަރައި

އުމުރުން 55 އަހަރުގެ ތާހިރާގެ ރާވެރިކަމަށް މިހާރު 21 އަހަރު ފުރުނީ އެވެ. މިއަދު ވެސް ފޫހިކަމެއް ނެތި، އިރުމެދު ޖެހުނުއިރު ވެސް ހަ ކުދިންގެ މަންމަ އެ އޮތީ ދޯރާ ބޭލުމަށް ރުކައް އަރަ އެވެ.

ނިއުސްލެޓަރ — މެރިހާނާ ނިއުސްލެޓަރއަށް ސަބްސްކްރައިބް ކުރެއްވުމަށް