މެރިހާނާ

މަރިޔަމް މަލާ މި ކައްކަނީ ކޯއްޗެއް؟

އެގްރޯ މާޓް' އިން ހުށަހަޅައިދޭ މި ހާއްސަ ސެގްމަންޓުގައި ޝައު ކިޔައިދެނީ އޭނާގެ ދިރިއުޅުމަށް 'މަރިޔަމް މަލާ' ގެ އަސަރުކުރިގޮތާއި އެ ކުލަ ދުނިޔޭގައި އޭނާ އަށް ހުޅުވިގެން ދިޔަ އެތައް ދޮރެއްގެ ވާހަކަ އެވެ.

މަރިޔަމް މަލާ މި ކައްކަނީ ކޯއްޗެއް؟
އަހްމަދު ނަދީމް

އަހްމަދު ނަދީމް

· 7 އޮކްޓޯބަރު 2026

4 މިނެޓު

އެކަތި ބޮޑުބެރު ގްރޫޕުގެ ހިޓް ލަވަ "މަރިޔަމް މަލާ" ވީ އޭނާގެ ލައިފުގެ ވެސް އެންމެ ބޮޑު ހިޓަށެވެ. އެ ވީޑިއޯ ލަވަ ކުޅެން ލިބުނު ފުރުސަތާއި އޭގެ ފަހަށް ވެގެން ދިޔަ ކަންކަމަކީ ސައުޝަން އާދަމް (ޝައު) ގެ މުޅިން ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާ އެކެވެ.

ރާއްޖޭގެ މުނިފޫހިފިލުވުގެ ދާއިރާ އަދި ބްރޭންޑް މޮޑެލިންގެ ސްޓޭޖުން މިއަދު ފެންނަ އެންމެ މަގްބޫލު މޫނަކަށް ޝައުވެފައި މި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭނާ އަކީ މިއަދު ދިވެހި ފެޝަން އަދި ސްޓައިލްގައި އައިކަން އެކެވެ. ނުވަތަ ދިވެހި ސަގާފީ ކުލަސްކްރީނު ގޮސް އޭގެ ޒަމާނީ ކުލަތަކާ ގުޅުވައިދޭ ރަމްޒަށެވެ.

ޝައުގެ މި އިންޓަވިއު ހާއްސަ ވަނީ ވެސް އެހެންވެގެންނެވެ. 'އެގްރޯ މާޓް' އިން ހުށަހަޅައިދޭ މި ހާއްސަ ސެގްމަންޓުގައި ޝައު ކިޔައިދެނީ އޭނާގެ ދިރިއުޅުމަށް 'މަރިޔަމް މަލާ' ގެ އަސަރުކުރިގޮތާއި އެ ކުލަ ދުނިޔޭގައި އޭނާ އަށް ހުޅުވިގެން ދިޔަ އެތައް ދޮރެއްގެ ވާހަކަ އެވެ.

އެކަމަކު މީގެ އެންމެ ހާއްސަ ސިފައަކަށް ވާނީ ޔަގީނަށް ވެސް ކެއްކުމުގައި ޝައު އަށް ލިބިފައިވާ ހުނަރެވެ. 'ކައްކަނީ' ގެ މި އަލަތު އެޕިސޯޑަށް ޝައު އެ އޮތް ކައްކާލަނީ ސީދާ 'މަރިޔަމް މަލާ ސްޕެގެޓީ' އެވެ.

ކާ ހިތް ނުވިޔަސް މިފަހަރު ކާހިތްވާނެ އެވެ. 

މެރިހާނާ: މަރިޔަމް މަލާ ލަވަ އަނެއްކާވެސް ވައިރަލްވުމުން ޝައުގެ ރިއެކްޝަނަކީ ކޮބާ؟

ޝައު: މެލޭޝިއާގެ ބޮޑުވަޒީރު މިފަހުން ރާއްޖެ އަށް ކުރި ދަތުރުގައި އެމީހުންގެ ސޯޝަލް މީޑިއާގައި އެ ލަވަ ބޭނުންކުރީމަ އެކަންވީ ވަރަށް ވެސް އިމޯޝަނަލް ކަމަކަށް. ދެން އަނެއްކޮޅުން މެލޭޝިއާގެ ވަރަށް ބައިވަރު މީހުންނަށް އެ ލަވަ އެގޮތަށް ރީޗުވީމަ ވަރަށް އުފާވެސް ވި. އަދި އެގޮތަށް އަލުން އެ ލަވަ ވައިރަލްވެގެން ދިޔުންވީ އެ ލަވައިގެ މަސައްކަތުގެ ވަރަށް ބައިވަރު ހަނދާންތަކެއް އާކޮށްދިން ވެސް ކަމަކަށް.

މެރިހާނާ: މަރިޔަމް މަލާ އިން ދިރިއުޅުން ބަދަލުވި ގޮތް ކުރުކޮށް ކިޔާލަދީބަލަ؟

ޝައު: އަސްލު ވަރަށް ބައިވަރު ރަނގަޅު މީހުންނާ ދިމާވި ތަޖުރިބާއެއް އެއީ. ރަނގަޅު އޮޕަޗުނިޓީސްތައް ލިބުނު. އަސްލު ލައިފަށް އައި ރަނގަޅު ޗޭންޖެއް އެ ލަވަ ކުޅެލުމަކީ. އެ ލަވަ ކުޅުނު ފަހުން ވަރަށް ބައިވަރު އޮޕަޗުނިޓީސްތަކެއް ލިބިގެން ލިބެން ފެށި މޮޑެލްކުރުމާއި އެކްޓިންގެ ތެރެއިން ވެސް. ހާއްސަކޮށް ފިލްމާއި ލަވައިން ލިބުނު ފުރުސަތުތައް ފާހަގަކޮށްލަން.  

މެރިހާނާ: މަރިޔަމް މަލާގެ އެންމެ ފޭވަރިޓް ހަނދާނަކީ ކޮބާ؟

ޝައު: މުޅި، އަނެއްހެން ބުނަންޏާ މުޅި އެ ޝޫޓް. ފުރަތަމަ ސްޓާޓް ކުރި ދުވަހުން ފެށިގެން އޭތި ރިލީޒް ކުރުމާ ހަމަޔަށް އެ ދިޔަ ހުރިހާ ވަގުތެއް އެއީ ވަރަށް މެމޮރަބަލް ވަގުތުތަކެއް އަސްލު ވެސް. އެކަތި ބޮޑުބެރުގެ ކުދިންވެސް ޓްރީޓް ކުރީ ވަރަށް ރަނގަޅަށް އަސްލު. ވިތު ރެސްޕެކްޓް ހަމަ. ވަރަށް ގްރޭޓްފުލް ވަން ހަމަ އެ ކުދިންނަށް. އެކްސްޕެކްޓް ނުކުރާ ވަރަށް ހަމަ ވަރަށް ރަނގަޅު ހުރިހާ ކަމެއްވެސް.

މެރިހާނާ: ފޭނުންނަށް ޝައުއާ ބެހޭގޮތުން ހީވާ ކަމެއް އެކަމަކު ހަގީގަތެއް ނެތް ކަމެއް ކިޔައިދީބަލަ؟

ޝައު: ހޫމް، ރަނގަޅު ސުވާލެއް. އަސްލު މީހުން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ފޮނި މީހެއް. އެކަމަކު އަސްލު އަހަންނަކީ އެހެން އުޅޭ މީހެއް ނޫން. ފޯރިއަލް، އަހަންނަކީ އެހެން އުޅޭ މީހެއް ނޫން. ވާހަކަ ދައްކާލީމަ އެނގޭނީ މަޖާ ނޫންކަން. ވަރަށް ގިނަ މީހުން ހަމަ ބުނޭ، އަސްލު ހީކުރީ ވަރަށް ފޮނިވާނެ ކަމަށޭ. އެކަމަކު ފަހުން ބުނޭ ހަމަ އަސްލު ވެސް ފޮންޏެއް ނޫނޭ.

މެރިހާނާ: ޝައުއާ ބެހޭ ގޮތުން މީހުންނަށް ވަރަށް ނޭނގޭނެ ކަމެއް ކިޔައިދީބަލަ؟

މެރިހާނާ: އަހަރެންގެ ކުއްޖަކު ހުންނަކަން. ޔެސް. ވަރަށް ގިނަ މީހުންނަށް ނޭނގޭ އަސްލު ދަރިއަކު ހުންނަކަމެއް. އެކަމަކު ބައެއް މީހުންނަށް އެނގޭ. ޝައްކުވޭ. އެކަމަކު ހީއެއް ނުވޭ އަސްލަށް އެކަން އެނގޭހެން.

މެރިހާނާ: ދިރިއުޅުމުގެ މިސްރާބު ހުރި ގޮތަކީ ކޮބައިތަ މިހާރު؟

ޝައު: އަހަރެން އަދިވެސް މި ހޯދަނީ... އަދިވެސް މި މަސައްކަތް ކުރަނީ އަމިއްލަ މީހާ ދަސްކުރަން. އަދިވެސް ބައިވަރު ކަންތައްތައް ހުރީ ކުރިއަށް ލައިފްގައިވެސް ހަމަ ދަސްކުރަންޖެހޭ. މީހާ ކިތަންމެ ބޮޑުވެގެން ދިޔަޔަސް ހަމަ ބައިވަރު ކަންތައްތަކެއް ދަސްކުރަން ޖެހޭނެ ލައިފުގައި.

ލައިފްގައި ކުރިމަތިވާނެ ބައިވަރު ކަންތައްތައްވެސް. ދިމާވާނެ ހާދިސާތަކާ ވެސް. ބަޓް އެއިން ނުކުމެގެން އަނެއްކާވެސް ކުރިއަށް ދާން، އެ ދަސްވުމަކީ ހަމަ، އެއީ ހަމަ ދަސްކުރަން ބޭނުންވާ ކަންތައްތައް. އަދިވެސް އަމިއްލަ ނަފްސު ދަސްކުރަނީއޭ ބުނެލަން ބޭނުންވަނީ.

ޝެއަރ ކުރޭ

އިތުރު ލިޔުންތައް