ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގައި "ފިކުރު ޑަބިޔާ" ފޮތް ވިއްކަން ފަށައިފި އެވެ.

އަހުމަދު ނަދީމް ލިޔެފައިވާ މި ފޮތަކީ ދިރިއުޅުމާއި ހަޔާތުގެ އެކި ރަހަތަކަށް، އެކި ތަޖުރިބާތަކަށް ބިނާކޮށް، ކޮންމެ މީހެއްގެ އާންމު ދިރިއުޅުމާ ވެސް ގުޅޭ ގޮތަށް އެކުލަވާލާފައިވާ "300 އެއްހާ ޕޭޖުގެ" އާޅެން ފޮތެކެވެ.

އެކްސްޕޯގައި ރޭ ވިއްކަން ފެށި މި ފޮތަށް އަންނަނީ ކިޔުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މި ފޮތުގެ ލިމިޓެޑް ކޮޕީސްތަކެއް ވިއްކުމަށް ހަމަޖެހިފައިވާއިރު ފޮތެއް ވިއްކަނީ 250ރ. އަށެވެ. އަދި އޮންލައިންކޮށް ވެސް މިގޮތަށް އޯޑަރުކޮށްލެވޭނެ އެވެ.