އަފްޒަލަށް ގެޔަށް އާދެވުނުއިރު، ދަންވަރު ވެއްޖެއެވެ. ލޮނާ ތެމިފޯވެގެން ގެއަށް އަންނަން ޖެހުމުން، އަފްޒަލް ވަރަށް ކަންބޮޑުވިއެވެ. ތެމިގެން ގެޔަށް އައުމަކީ، އަފްޒަލް ކުރާހިތްވާ ކަމެއް ނޫނެވެ. ކުރިމަތިލާން ޖެހިދާނެ ހުރިހާ ކަމަކަށް އަފްޒަލަކަށް ތައްޔާރެއް ނުވެވޭނެއެވެ. އެހެން ނަމަވެސް، ހިތްހަމަނުޖެހިފައި ހުރިވަރުން ބައިސްކަލު އެތެރެއަށް ވެއްދީ ވަރަށް ފަރުވާކުޑަކޮށެވެ.
ބާރަށް ފައިން އަނބުރާތަނުން ދޮރުގައި ޖެހުނެވެ. އަފްޒަލް ސިއްސައިގެންދިޔައެވެ. ކުއްލިއަކަށް ފެނުނީ އެތެރޭގައި ހުރި ކަޅު ހިޔަންޏެކެވެ. ކޮޓަރިއަކުން ނުކުމެފައި ހުރި ފަނޑުއަލިން، އެ ހިޔަނި ވަރަށް ސާފެވެ. އަފްޒަލްގެ ދެފައިން ފެށިގެން މެޔާ ހަމައަށް ފިނިވެގެންދިޔައެވެ. އެއީ ކާކުކަން އެނގޭތީއެވެ. ދެފިޔަވަޅެއްވަރު އެތެރެއަށް އެޅިއިރު، އެ މީހާ ހުރީ ފެންނާށެވެ.
”ތީތަ މީހުން ގެޔަށް އަންނަ ގަޑިއަކީ؟“ ފިރާޤު އެހިއެވެ.
އަފްޒަލް އެއް ޗެއް ނުބުނެއެވެ. ބުނާކަށް ނުވެސް ކެރޭނެއެވެ.
”ތިހެން އުޅުނީމަ، މީހުން ބުނާނެ އަހަރެން އަޅާ ވެސްނުލަޔޭ. އެކަމަކު އަޅާނުލާ ނަމަ، މިހާރު އަހަރެން މިތާނގަ ހުންނާނެތަ؟ ގަޑިން މިހިރަ އެކެއްޖަހަނީ. އަހަރެންގެ ދަރިއެއްނަމަ އަޅާވެސްނުލީމުސް. ދަރިޔަކަށްވުރެ ބޮޑަށް އަހަރެން ބަލަން ބޭނުމޭ އަފްޒަލަށް ވާނުވާ!“
ދޮންބައްޕަ ދެކެ އަފްޒަލް ލޯތްބެއް ނުވެއެވެ. ގަންނަނީ ބިރެކެވެ. ދޮންބައްޕަގެ މޫނުމަތީގައި ހުންނާނީ އޯގާތެރި ކަމަކަށްވުރެ ބޮޑަށް ނަފުރަތެވެ. ހަރުކަށިކަމެވެ. އެއްޗެއް ބުނަން އަފްޒަލްގެ ހިތަށް ނާރަނީވެސް އެހެންވެއެވެ. އަފްޒަލް ހިނގައިގަތީ އެތެރެއަށެވެ. އެ، ވަގުތުތެމިފައިވާ ފައިވާނުން އަޑުގޮވަން ފެށިއެވެ.
”ތެމިގެންތަ ތި؟ އައީގައިމު މި ހިސާބަކަށް ވާރެޔެއް ނުވެހޭ؟“ އެ ރާގުގައި ކުލުނެއް ނެތެވެ.
”މީ.. މީ.. ގަޔަށް ރާޅެއްޖެހީ.“ އަފްޒަލަށް ބުނެވުނެވެ.
ފިރާޤު އައިސް އަފްޒަލްގެ ގަމީސް ޗެކުކޮށްލިއެވެ.
”ރާޅެއް ޖަހައިގެން މިވަރުވޭތަ؟ މޫދަށް އެރިފަތިއައީ؟“ ދޯ ފިރާޤު އެހިއެވެ.
”ތޮށިގަނޑުމަތީގައިންދާ ރާޅެއްޖަހާ ތެންމާލީ!“ ދޮގެއް ހެދުމަކީ އަފްޒަލަށް އުނދަގޫ ކަމެކެވެ.
”އެއީ ކީއްކުރަން މި ގަޑީގަ ލޮނުޒިޔާރަތްކޮޅަށް ދިޔައީ؟ ހުތުރު ކަމެއްތީ!“
”އަހަރެން އެކަނި ދިޔައީ.“ އަފްޒަލް ވަކިން ބުންޏެވެ.
”ހޫނ! ދެންދޭ ހިކި އެއްޗެހިލާން. މައިލޯޔާ، ކިރާ، ޕާނާ އެއްޗެހި ހުންނާނެ ގެނެސްފަ. ރަނގަޅަށް ކައިގެން ނިދާތި.“ ކޮޓަރިއަށް ވަންނަމުން ދޮންބައްޕަ ބުންޏެވެ.
އަފްޒަލްދެކެ ދޮންބައްޕަ ލޯބިވާ ކަމަށް އަފްޒަލަށް ގަބޫލު ކުރެވެއެވެ.
ހެނދުނު ހޭލިއިރު، ކުޑަކޮށް ހުންއައިސްފައި ހުރި ނަމަވެސް، އަފްޒަލް އޮފީހަށް ދިޔައެވެ. އެހެން ނަމަވެސް، މަސައްކަތެއް ކުރާހިތެއް ނުވިއެވެ. އިންނަނީ ނެގިމަޑުވެފައެވެ. އަފްޒަލްގެ ސަމާލުކަން އަތުލެވޭތޯ ޔުސްރާ ވަރަށް މަސައްކަތް ކުރިއެވެ.
”އަފޫ! ޑެޕިއުޓީ އެބަ ގޮވާލައްވާ!“ ކާތިބު ބުންޏެވެ.
އަފްޒަލް ވަނުމުން ޑެޕިއުޓީ އިޝާރާތް ކުރީ އިށީނުމަށެވެ. އަފްޒަލް އިށީނީ ފޫހިގޮތަކަށެވެ.
”ހާދަ ބަނަ ދުވަހެއް!“ އަސަދު ކަރުކެހިލާފައި ބުންޏެވެ.
”ހުންފާޑުވެގެން މި އުޅެނީ. އެއްވެސް މަސައްކަތެއްސް ވެ ގަ މިއަދު އަތެއްނުލެވޭ. މޫޑު ހަމަ އޯފްވެފަދެ! ގަޑިބައި ނުވެގެން މި އިންނަނީ. ވަރަށް ނިދިވެސް އެބައާދޭ.“ އަފްޒަލްގެ ރާގުހުރީ ލަސްވެފައެވެ.
އަސަދު ވަރަށް ފުންކޮށް އަފްޒަލަށް ބަލަ އިލިއެވެ.
”ތިހިރީ ކީއްކުރަން ކަންފަތުގަލާފަ ހުންނަ އެއްޗެއްތަ؟“
ވަގުތުން އަފްޒަލް ރުޅިއައެވެ. އަޑުތަންކޮޅެއް ބާރުވިއެވެ.
”ރޭގަ އަހަންނަށް ބެހެއްޓި އޯގާތެރިކަމުގެ މަގުދަކީ، ސަ އަހަރެންގެ ޒާތީ ކަންތަކާ ބެހެންތަ؟ އެހެންވިއްޔާ ޖެހޭނީ، ހަނދާން ނައްތާލަން. ތީ ވެރިޔެއްނު. ބުނޭ އަހަ ރެންގެ ކަންފަތުގަ ލާފަހުރި ބޮޅު ނުނަގަންޏާ ކެނޑޭށޭ. ކެނޑޭގޮތަށް އޮންނާނީ. މި ކަހަލަ ފަންސާސް ވަޒީފާއަށްވުރެ، މީގެ އަގު މާ،“ ބޮޑުއަފްޒަލް ނުރުހިފައި ބުންޏެވެ. ”މާ މުހިންމު. “
”ބަލާބެލުމަށް ހީވަނީ ރިހިހެން އެކަމަކު.“ އަސަދު ސަމާސަކޮށްލިއެވެ.
”މީ ރިއްސެއް ނޫން. ސްޓެއިންލަސް ސްޓީލް. އެއްޗެއްގެ މުހިންމުކަން ބޮޑުވަނީ، އެ އެއްޗެއް ގަންނަ އަގަށް ވުރެ، ދޭ މީހާގެ ހާއްސަކަމުން.“ އަފްޒަލް އިނީ ރުޅިއައިސްފައެވެ.
އަސަދު ވަރަށް ބާރަށް މޭޒުމަތީގައި ޖެހިއެވެ.
”މައިތިރިވެބަލަ! ހާދަ ސީރިޔަސް ޖަވާބުތަކެއް ތިދެނީ. ސަމާސަޔަކަށް ބުނި އެއްޗެކޭ އެއީ. އަހަންނަށް ފެންނަނީ، އަފްޒަލް މި ވަޒީފާއިންވަކިވާން.“
ވެރިޔަކަށް ވުރެ ބޮޑަށް ރަހުމަތްތެރިއެއްގެ އެ ލަފަޔާ މެދު އަފްޒަލް ހައިރާންވިއެވެ. އަސަދާ ދިމާއަށް އަފްޒަލް ބަލަ އިލިއެވެ.
”މިބުނަނީ ދުވަސްކޮޅަކަށް ވަކިވާ ވާހަކައޭ.“ ދެން އަސަދު ދިއްކޮށްލީ އުރައެކެވެ.
”މިއޮތީ ކޯހެއް. މެލޭޝިޔާއަށް. ދިގު މުއްދަތަކަށް އޮތީވެސް. ފުރަން ތައްޔާރުވޭ! ދުވަސްކޮޅަކަށް ވައިފެން ބަދަލުކޮށްލީމަ ރަނގަޅު ފަރުވާއެއް ލިބޭނެ. އަފްޒަލަށް މިހާރު ބޭނުމީ، ކުރު ނަމަވެސް ޗުއްޓީއެއް.“ އަސަދު ހުރީ ހަމަޖެހިފައެވެ.
”އަހަންނަށްވެސް ހީވޭ ތި ގޮތް ރަނގަޅުހެން. އެކަމަކު، ޗުއްޓީއެއް ނަގަންވީ! މާލޭގަ ހުންނަންވީ! ވަރަށް ބޮޑަށް ބިޒީވާންވީ!“ އަފްޒަލްގެ ހިޔާލު ތަފާތެވެ.
”ތީވެސް ރަނގަޅު ގޮތެއް. އަރާމު މަދުވެފަ، ބުރަވަނިކޮށް ވެސް ރަނގަޅުވެދާނެ. އަފޫ މާބޮޑަށް ފަލައީ. ދުވެލާ ބަރުހެލިކަން ކަނޑުވާލަނިކޮށް، އިންނާނެ ކުއްޖަކު ވެދާނެ.“ އަސަދުގެ ރާގުގައި ވަނީ ސަމާސަ ގޮތެކެވެ.
”އަހަރެން ނޫޅެމޭ އިންނާނެ ކުއްޖަކު ހޯދާކަށް. ހޯދިޔަސްވެސް އަހަރެން ބޭނުންވާނީ އަހަރެންދެކެ ލޯބިވާނެ މީހެއް. އެ ކަހަލަ މީހުން ނުބަލާނެ ސިފަޔަކަށް. އަސަދު ބުނެބަލަ! ހެދުމާ، އިސްކޮޅުދެކެ ލޯބިވެގެން، ކިހިނެއް އެކުގައި އުޅޭނީ؟ ލޯތްބަކީ ކަނު އެއްޗެކޭ. އެއްޗަކީ ހިތް. މިޒާޖު. “
އަސަދުގެ ނުވިސްނޭކަމަށްޓަކައި އަފްޒަލް ދެރަވިއެވެ. ހަގީގަތުގައި ދެރަވާންވީ، އަފްޒަލް ކަމެއް އަފްޒަލަކަށް ނުވިސްނެއެވެ.
”ހަމަތެދެއް، މިޒަމާނުގަހުރި ހާ ޕޮއިންޓެއް ލިބޭނީ ހެދުމަށާ، ބޭރުފުށުގެ ސިފަޔަށް. އަފޫއަށް ކިހިނެއް އެނގޭ؟ ނީއަޅެ ގޮތް ބަލާލަން ހުކުރެއްގަޖައްސާލަބަލަ ވިލިނގިލި ކަހަލަ ތަނަކަށް. އެ ކަހަލަ ތަންތަނަށް އަފޫ ނުދާތީޔޭ ސަކަރާތްވަނީ. ކުޑަކޮށް ޖެހޭނެ ޖައްސާލަން. އެކަހަލަ ތަންތަނުން އަފޫ ފެންނަން ފެށީމަ، މީހުން ކިޔާ އެއްޗެހި ތަންކޮޅެއް މަދުވާނެ. އުޅެން ފަސޭހަވާނެ. އަންހެންކުއްޖަކާވެސް ގުޅާލައިގެން އުޅެބަލަ! ރަނގަޅުވާނޭ. މައްސަލައެއް ނޫނޭ އެއީ.“
އަފްޒަލަށް އެ ހިޔާލު ގޯހެއް ނުވިއެވެ.
”ދެން ބުނަން؟ އަދި އެބައޮތް އެހެން ކޯހެއް ވެސް. މިހާރު ގެޔަށް ގޮސް، ފަހުން ޖަވާބެއް ދިނީމަ މާ ރަނގަޅުވާނެ. ރަނގަޅަށް ވިސްނާ ލާއިނގޭ!“ އަސަދުގެ ބޭނުމަކީ، އަފްޒަލްގެ ހިތުގައިވެސް ހަޔާތަށް ލޯބި ޖެއްސުމެވެ. ދިރިއުޅުމުގެ ކުލަތަކަށް ޝައުގުވެރި ކުރުމެވެ. އަފްޒަލް އިނީ ވިސްނާށެވެ.
”ތިވަރަށް ވިސްނާކަށް ނުވާނެ. އަހަރެން މި ބުނީ ވަރަށް ކުޑަކުޑަ ކަމަކަށް ގޮތެއް ނިންމަން. ގެދޮރު ވިއްކާލާކަށް ނޫން. މާ ކުޑަކުޑަ ކަމަކާ ތި ވަރަށް ވިސްނަންޏާ ބޯ ގޮވާނެ. ހާސްވާނެ.“ އަސަދު ބުނެލިއެވެ.
ހާސްވަންދެން ފަޒްލީ އަޑީގައި އޮތެވެ. ވެގެންވާނަމަ، މޫދުގެ އަޑިއަށް ފަޒްލީ ނޭވާވެސްލީހެވެ. މޫދުގެ ލޮނުގަނޑާ ފަޒްލީއާ ގުޅުމެއްވެއެވެ. މާނަ ފުން ގުޅުމެކެވެ.
”އަހަރެން ހީކުރީ، ފަޒީ މަރުވަންދެން އަޑީގަ އޮންނަނީ ކަމަށް.“ މައްޗަށް ބޯހިއްލާލަމުން ޢަޒްމާ ބުނެލިއެވެ.
”މަހަކަށް ވީ ނަމަ..“ ފަޒްލީ އަނެއްކާވެސް އަޑިއަށް ދިޔައެވެ.
ޢަޒްމާ ހެދިގޮތަކީ ފަޒްލީ ނެގީއެވެ.
”މަހަކަށްވީމަ، މާރީއްޗެއްނުވާނެ ބުޅިއެއްގަ އެޅުނީމަކާ. ހިނގާބަލަ ރަށުތެރެއަށް. ވަރަށް ބަނޑުހައިވެއްޖެ އެއްކަލަ ތަނުގަ ހުންނާނެ ބަތް ޕާރުސަލް."
ދެމީހުން އެއްގަމާ ދިމާއަށް ހިނގައިގަތެވެ. ދުވަހަކީ ހޮނިހިރު ދުވަހެއްކަމުން، ވިލިނގިލީގައި ވަރަށްގިނަ މީހުން އުޅެއެވެ. ޢަޒްމާމެން އެއްގަމަށް އަރައި އެހެން އެކުވެރިންނާއެކު، ރެސްޓޯރަންޓާ ދިމާށް އަ މިސްރާބުޖެހިއެވެ.
”އޭތް ފަޒީ! އެއްކަލަ ސަންޖޭ އެބައުޅޭ އައިސްގެން. އެހެރަ ދިމާލުގަ އެ މީހުން އުޅެނީ.“ އެކަކު ބުނެލިއެވެ.
”ތިހެންވީއިރު ފުރަތަމަ އެ ދިމާލަށް.“ ފަޒްލީ މިސް ރާބު ބަދަލުކޮށްލިއެވެ.
”ބަތްޕާރު؟“ ސަލޯހުއްޓިހުރެ ޢަޒްމާ އެހިއެ ވެ.
”ސަންޖޭ ފެނުނަސް، މަގޭ ބަނޑުފުރޭނެ.“ ދަމުން ދަމުން ފަސްއެނބުރިފައި ފަޒްލީ ބުންޏެވެ.
އެންމެންވެސް ފަޒްލީއާ އެކުގައި ދާތީ ޢަޒްމާ އަށްވެސް މަޖުބޫރުވީ ދާށެވެ. ފޫހިވެގެންހުރެ ޢަޒްމާ ހިނގައިގަތެވެ. ކުދިކިޔަމުންނެވެ. ފަޒްލީއަށް އިވޭވަރަށެވެ.
”ތަނަކުން ރީތި ސިފައެއްގަހުރި މީހެއް ފެނިއްޖިއްޔާ، ފަޒީ ހީވާނީ މޮޔަވެގެން އުޅޭހެން. ކުޑަމިނުން ދަންނަ ނަމަވެސް ރަނގަޅުތާ! ސަންޖޭ އައިސް އަޅައިގެންފަ ވެއްޓުނަސް، މީނަ މީ ކާކު ކަމެއްވެސް އޭނަޔަކަށް ނޭނގޭނޭ. ދެން ކޮންކަމެއް؟ އޭނަ ފެނިގެން މީނަގެ ގޮހޮރު ފުރުނަސް، އަހަރުމެން މިތިބީ ހާންތިވެގެން މަރުވާ ވަރުވެފަ.“
”ޢަޒްމާ! އިސްޖަހައިގެންހުރެ ތަސްބީހަ ކިޔަނީތަ؟“ ފަޒްލީ އެހިއެވެ.
”ނަސީބެއްނު އަޑުގެ ކޮޅަށް ނުކިޔާކަން. ބުނަން ފަޒީ؟ ތި ސަންޖޭއެއް ނޫޅޭނެ ތިކަހަލަ މީހަކާ ހެދިއެއް.“
ޢަޒްމާގެ ވާހަކަތައް ފަޒްލީއަކަށް ނީވުނެވެ. ސަންޖޭ ފެނިއްޖެއެވެ.
”އަޅެ އެހެރީ، ލޯބި؟ ދޯ ހަމަ ސަންޖޭދަތު. އެ އިސްކޮޅު. އެ ބޮޑީ. އިސްތަށިގަނޑު ވެސް ހަމަ އެ. އޭނަގެ އަޑުވެސް ހަމަ ވަރަށް ވައްތަރުވާނެ ކަންނޭނގެ. ކަމެއް ވާނީ މިފަހަރު ވާހަކަ ދައްކާލެވުނިއްޔާ.“
ފަޒްލީ ހިނގައިގަތުމުން، ޢަޒްމާ ފަޒްލީ އަތުގައި ހިފެހެއްޓިއެވެ.
”އޭނީ މާ ރަނގަޅު ބިޓެއް.“
ޖެއްސުމަށް ފަޒްލީއަށް ޢަޒްމާ ދެއްކީ އަފްޒަލެވެ. އަފްޒަލަށް އަސަދުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ގަބޫލު ކުރެވުނީއެވެ. ވިލިނގިއްޔަށް އަފްޒަލް އައީ ހިތްރުހިގެނެއް ނޫނެވެ. އެކަމަކު ހިތް ރުއްސަން ތަމްރީނު ދެވޭތޯ ބެލުމަށެވެ. އުޅުން ބަދަލުކުރެވޭތޯއެވެ. ރީތި އަންހެންކުއްޖަކު ފެނުމުން، ހިތުން އިޝާރާތެއް ލިބޭތޯއެވެ.
”އަޗި! އެއީ ޕުޑިންގަނޑެއްނު. ބަލާބަލަ އެހެރަ ލޯބި ބަނޑެއް.“ ހީނގެންފައި ފަޒްލީ ބުންޏެވެ.
”ކީއްތަވީ؟ ބަލާލަބަލަ މޫނުކޮޅު. ބޯބުރިއަކަށް ހަދާފައި، ނިކާވަލެއްގެ ސްޓޯލެއްގެ މޭޒުމަތީގަ ބަހައްޓަން ބެސްޓުވާނެ. އެކަމަކު އެހެރަ ޓަޔަރެއް! ދޯ “ ޢަޒްމާ ގާތަށްވެސް އައީ ހިންޏެވެ.
”އޭނައަށް ކިޔަންރަނގަޅުވާނެ މިސްޓަ ރޓަޔަރޭ. އޭ! ސަންޖޭ އެހެރަ އަރަނީ މޫދުން. އަންނާނަން.“ ފަޒްލީ އިސްނެގިއެވެ.
”ބޮނޑިއެއް ނުބޯތި!“ އެކަކު ބުނެލިއެވެ.
”ފާޑުފާޑަށް ބޮނޑިއެއް ނުލިބޭނެ. އަހަރެން ފެނުނީމަ، އޭނަޔަކަށްވެސް ގޮތެއް ނުވެޔެއް ނުހުންނާނެ. ހިތުގަ ވަކިއަޅާލާފަ އަންނާނީ.“ ފަޒްލީގެ ރީތިކަން ޚުދު ފަޒްލީވެސް ދަނެއެވެ.
މަސްހުނިވެފައިވާ މީހުންތަކުގެ ތެރެއިން ފަޒްލީ ހިނގައިގަތެވެ. އަންހެންވަންތަ ހިނގުމެއްގައެވެ. ދިގު އިސްތަށިގަނޑުން އޭރުވެސް ފެން ހުސްނުވެއެވެ. ތުންފަތަށް ވެރިވެފައިވަނީ ރަކި ހިނިތުންވުމެކެވެ. ކުއްލިއަކަށް އަފްޒަލްގެ ދެލޮލުގައި ފަޒްލީ އަޅައިގަތެވެ. އަފްޒަލަށް ފަޒްލީ ކަމުހިނގައްޖެއެވެ. ރީތިކަމުންނެވެ. އަސަރުން ފުރިފައިވާ ބެލުމުގެ ފަރި ވެ. ނެންސަބަބުހިނގުމުންނެވެ. އިސްކޮޅާއި ކުލައިންނެވެ. ހިތާމައަކީ، ހަމަ އެވަގުތު އަފްޒަލްގެ ލޯމައްޗަށް ވެރިވި ހަލަބޮލި މަންޒަރުތަކެވެ. ކަންފަތަށް އިވުނު ހަޅޭކެއްގެ އަޑެވެ. ކޮންމެވެސް މީހަކު ލެއިން ކަޅިވެފައިވެއެވެ. އަފްޒަލްގެ ހިތަށް ބިރުވެރިކަން ވަނެވެ. ހިތުގައި ކުރިންހުރި ޝައު ގުވެރިކަން ފިލައިގެންދިޔައެވެ.
ފަޒްލީއަކީ، ކެރޭ ކުއްޖެކެވެ. ޖެހިލުންކުޑަކަމާއި، ކުޅަދާނަ ކަމަށްވެސް އެކުވެރިންގެ ތެރޭގައި މަޝްހޫރު ކުއްޖެކެވެ. ފަޒްލީގެ ބޭނުމަކީ، ސަންޖޭއާ ވާހަކަ ދެއްކުމެވެ. ވަގުތު ލިބިއްޖެނަމަ، ލޯބި ވެސް ހުށަހެޅުމެވެ. ރައްޓެހިން ބަލަންތިއްބައި، ފަޒްލީ ގޮސް ސަންޖޭއާ ބައްދަލުކުރިއެވެ. އޭރު ފަޒްލީގެ ފައި ތުރުތުރުއަޅައެވެ. އުފަލުންނެވެ. ކުރިން ފެނިފައި ނުވާހާ ގާތުން ސަންޖޭ ފެނުނީމައެވެ.
”މާސްކުލިބިދާނެތަ؟“ ފަޒްލީ އެހިއެވެ.
ވަރަށް އެކުވެރި ގޮތަކަށް ސަންޖޭ ބަލައިލިއެވެ. ހިނިތުންވެލިއެވެ. ފަޒްލީ ގައިން ހީބިހި ނަގައިގެންދިޔައެވެ. ހަށިގަނޑުގެ ވިންދުތަކަށް އިންގި ލާބެއް އައިކަހަލައެވެ.
”ފަތަން އެނގޭތަ؟“ ސަންޖޭ އެހިއެވެ.
ސަންޖޭގެ އަޑު ވަރަށް ރީތިކޮށް ފަޒްލީއަށް އިވުނެވެ. ހަގީގީ ސަންޖޭދަތުގެ އަޑަކާ ވައްތަރެއް ނޫނެވެ. އެއަށްވުރެ މާ ރީއްޗެވެ.
”ކޮންމެވެސް ވަރަކަށް އެނގޭ!“ ފަޒްލީގެ އަޑު ވަރަށް ލުޔެވެ. ނަސީބަކުން ތުރުތުރެއް ނާޅައެވެ.
”އަން!“ ސަންޖޭ މޫނުމަތި ދިއްކޮށްލިއެވެ.
ވަ އެރަކުންފަޒްލީއަކަށް ނުފުދުނެވެ. ފުރުސަތުގެ ބޭނުން ފަޒްލީ ހިފިއެވެ.
”އަޅުވާދީފާނަންތަ؟“ ފަޒްލީ އެދުނެވެ.
ތުއިރު ވިސްނުމަކާނުލައި ސަންޖޭ އިޖާބަދިނެވެ. ރަނގަޅަށް އަޅުވައިދިނެވެ.
”ތަންކޮޅެއް މައްޗަށް.“ ފަޒްލީ އެދުނެވެ.
ގަސްތުގައި ސަންޖޭގެ އަތާ އެއްކޮށް، ފަޒްލީ މޫނުމަތީގައި ހިފައި ރަނގަޅުކޮށްލާ ގޮތް ދެއްކިއެވެ. އެ ކަންވާކަމަށްވީ އިރުކޮޅަކުންނެވެ. ފަޒްލީ އަތް ދޫކޮށްލީ ހިތް ފުރިގެނެއް ނޫނެވެ. އެއަށް ފަހު، ހަމަ އެ ދިމާ އިންމޫދަށް އެރުނެވެ. އެކުވެރިންނަށްވެސް މަޖުބޫރުވީ ދުރުދުރުން ނަމަވެސް އެރޭށެވެ.
އެންމެނަށް ނޭނގިނަމަވެސް، އެ މީހުންގެ ފަހަތުން އަފްޒަލް ވެސް މޫދަށް އެރުނެވެ. މީހުން ގިނަވެފައިވާތީއަފްޒަލް ކަހަލަ، އަޅައިގަންނަކަހަލަ ރީތި ސިފައެއް ލިބިފައިނުވާ މީހަކަށް އެކަކުވެސް ސަމާލުކަމެއް ނުދިނެވެ.
”ފަޒީ! ދެން ހިނގަ އަރަމާ! ވަރަށް ބަނޑުހައިވެއްޖޭ!“ ޢަޒްމާ ޝަކުވާކުރިއެވެ.
އަފްޒަލަށްވެސް އެ އަޑު އިވުނެވެ.
”މަޑުކޮށްބަލަ! ސަންޖޭ އަންނާނެ މާސްކު އެއީ! ބަލާވެސް ރަނގަޅު ޗާންސެއް. ނަސީބެއްނު އަހަރެން ގެނައި މާސްކުގެއްލުނުކަން. އަހަރެން ބުނީމެއްނުކޮންމެ ކަމެއް، ވެސް ވާނީ ރަނގަޅަކަށޭ.“ މޫނުމަތި އަޅައިގެން ފީނުމަށް ވުރެ، ފަޒްލީއަށް އިސްކަންދެވެނީ ސަންޖޭގެ ބޯކޮޅު ބެލުމަށެވެ.
”މާސްކުގެންގޮސް، އޭނައަށް ދިނީމަ ނިމުނީނު.“ ޢަޒްމާ ހުރީ ފޫހިވެފައެވެ.
”އޭރުން މަށަށް ލިބުނު ޗާންސޯ؟ އެހެރަ އަންނަނީ ސަންޖޭ! ބަލާލަބަލަ އެހެރަ ހިނގުމެއް.“
ސަންޖޭ އައިސް ފަޒްލީއާ ހަމަކުރަނިކޮށް، އަފްޒަލް ކުއްލިއަކަށް އަޑިން އެރިއެވެ. ފަޒްލީ ސިއްސައިގެންދިޔައެވެ.
”ސިހުނީތަ؟“ އަފްޒަލް ހުރީ ވަރަށް އުފާވެފައެވެ.
”ސިހޭނެއެއްނު ސިއްސާލީމަ!“ ފަޒްލީ ޖަވާބު ދިނީ ވަރަށް އޯގާތެރިކޮށެވެ.
”އެކަނިތަ؟“ އެއީ އަފްޒަލްގެ ދެވަނަ ސުވާލެވެ.
”ރައްޓެހި ކުދިންތަކަކާ އެކީގަ.“ ފަޒްލީ ކަންބޮޑުވެފައި ހުރީ ސަންޖޭއާއި ފަޒްލީގެ ދެމެދުގެ ހުރަހަކަށް އަފްޒަލް ވީމައެވެ.
”މަޖާތަ؟“ އަފްޒަލްގެ ސުވާލު ހުހެއްނުވެއެވެ.
”އާނ! ވަރަށް.“ ފަޒްލީ ބުންޏެވެ.
”އަހަރެން މިހުންނަނީ ފޫހިވެފަ. މާ ލެދާންވެސް އެބަ ހިތަށްއަރާ.“ އަފްޒަލް ބުންޏެވެ.
ފަޒްލީ އެހެން މީހަކާ ވާހަކަ ދައްކަން ހުރުމުން، ސަންޖޭ އެހެން އަދިމާކަށް މިސްރާބުޖެހިއެވެ. ފަޒްލީގެ މޫޑަށް ވަރަށް ބޮޑު ބަދަލެއް އައެވެ. ފުރުސަތު ބޭކާރުވީމައެވެ.
”އެއްޗެއް ކައިފިންތަ؟“ އަފްޒަލް އެހިއެވެ.
”އުހުނ! މި އުޅެނީ ބަތް ޕާރު ސަލު ގަންނަންވެގެން ނައްޓާލަން.“ ފަޒްލީ ޖަވާބުދިނެވެ.
ފަޒްލީގެ އެކުވެރިން ވަރަށް ގާތުގައި ތިއްބެވެ. ދައްކާ ވާހަކަ އިވޭ ހިސާބުގައެ ވެ. އެންމެން މަޑުމަޑުން ހީލަނހީނލާ ތިބީ، ކުރިން މަލާމާތްކުރި މީހާއާ ފަޒްލީ ވާހަކަ ދައްކާތީއެވެ.
”ކިތައް މީހުން؟“ އަފްޒަލް އެހިއެވެ.
”އުޅޭނެ ހައެއްކަ މީހުން.“ ވިސްނައިލައިފައި ފަޒްލީ ބުންޏެވެ.
ވަގުތުން އަފްޒަލް ހިނގައިގަތީ އެއްގަމަށް އަރާށެވެ.
”އެއްކަލަ ކަލޭގެޔާ ގުޅާލީތަ؟“ އަފްޒަލް ދިޔުމުން އެކުވެރިން އެހިއެވެ.
”ނޭނގެ. ކުއްލިއަކަށް އަޑިން ތެދުވިތަން ފެނުނީ. ވަރަށް ފޫހިވި މިތަނަށް އައީމަ.“
”އަހަރެން ހީކުރީ ފަޒީގެ ރައްޓެއްސެއް ކަމަށް. ހާދަހާ ގުޅާލާފަޔޭދޯ އޭނަ މި ހުންނަނީވެސް. ނަން އެހިންތަ؟“ ފަޒްލީ ހުރީ ނުތަނަވަސްވެފައެވެ.
”އަހަރެން އެބައުޅޭތަ، އެޓަޔަރުގެ ނަން ނޭނގިގެން؟“ ޗޮކެއް ކަނޑާފައި ފަޒްލީ ބުންޏެވެ.
އަނެއްކާވެސް ސަންޖޭ އަންނަތަން ފަޒްލީއަށް ފެނުނެވެ. ފަޒްލީ ތައްޔާރުވިއެވެ. ސަންޖޭ އައިސްފައި އެހިއެވެ.
”މާސްކުނިމުނީތަ؟،“ ބަރުއޯގާތެރި އަޑެކެވެ.
”އެހެންކަމަށް. ދޭންވީ؟“ ފަޒްލީ އެހިއެވެ.
”އާނ! އަނެއް ފަރާތަށް ދާން މި އުޅެނީ. ވަރަށް ރީތި މޫދު އޮންނާނެ. ދާނަންތަ؟ ކެއުންވެސް ވަރަށް ގަދަޔަށް ހަދާފަ އޮތީ. ބައިވެރިވުމުގެ ފުރުސަތު އެބައޮތް.“ ސަންޖޭ ދައުވަތު ދިނެވެ.
އުފަލުން ފުރިގެންހުރެ އާއެކޭ ބުނަން އުޅެނިކޮށް، ޢަޒްމާ އިގޮވަލިއެވެ. ފަޒްލީ ބަލައިލިއިރު، އަނެއްކާ ވެސް އަފްޒަލް ފެނުނެވެ. ބަތް ޕާރުތަސަލުކެއް ހިފައިގެން އައިސް ހުއްޓައެވެ. ފަޒްލީ ސަންޖޭއަށް މޫނުމަތި ދިއްކޮށްލިއެވެ.
”އަހަނ! ކެއުން އައީ؟ ދޯ އެހެންވީމަ އަހަރެން ދިޔައީޔޭ.“ ވަގުތުން ސަންޖޭ ހިނގައިގަތެ ވެ.
ވަރަށް ހިތްދަތިގޮތަކަށް، އެ ފުރުސަ ތުވެސް ފަޒްލީއަށް ގެއްލުނީއެވެ.
”ތީ ކާކަށް؟ ކީއްކުރަން؟“ ފަޒްލީ ހައިރާންވެގެން އެހިއެވެ.
އަންހެންކުއްޖަކަށް އެއްވެސްކަހަލަ ހަދިޔާއެއް ގެންނާކަށް އަފްޒަލް ބޭނުމެއް ނޫނެވެ. އަންހެންކުއްޖަކާ ރަހުމަތްތެރިކަން ބޭއްވުމަކީ ވެސް އަފްޒަލް ކުރާ ކަމެއް ނޫނެވެ. އެކަމަކު، ކޮންމެވެސް ސަބަބަކަށް ޓަކައި އަފްޒަލަށް މަޖުބޫރުވެފައިވަނީ، އަންހެންކުއްޖަކާ ގުޅުމެއް ބާއްވާށެވެ.
”ފަޒީމެން ބަނޑުހައިވެގެން އުޅޭތީ ހިތަށްއެރީ އެއްޗެއް ގެނެސްދޭނަމޭ.“
ފަޒްލީއަށް އެން މެގާތް އެކުވެރިން ކިޔާނަން، އަފްޒަލް ދަނެގަތްލެއް އަވަ ސްކަން ފަޒްލީ ފާހަގަކުރިއެވެ. ހަގީގަތުގައި އެ ބަތް ޕާރުސަލުތައް ހިފާކަށް ފަޒްލީ ބޭނުމެއް ނޫނެވެ. އެދުމެއްނެތި ވެދުމެއް ނާޅާނެކަން އެނގޭތީއެވެ. އެހެންނަމަވެސް، ފަޒްލީއަކީ، އޯގާތެރި ކުއްޖެކެވެ. ދިމާއަށް އިންކާރު ކުރާކަށް ނުކެރުނެވެ. ވިސްނަން ހުރީއެވެ. އެވަގުތު އެހެން އެކުވެރިން ފުރުސަތުގެ ބޭނުން ހިފިއެވެ.
”ދައްކާލަބަލަ ބަލާލަން!“ ކޮތަޅު އަތުލަމުން އެކަކު ބުންޏެވެ.
ޕާރުސަލުތައް ހުޅުވާލުމާއެކު، ކުޅުދިޔާވާ ކަހަލަ މީރުވަސް، އެ ހިސާބަށް ފެތުރިގެންދިޔައެވެ. ބަލަން ނުތިބެ، އެމީހަކަށް ލު ބޫގުމަ ވައްތަރެއް އެ މީހަކު ނެގިއެވެ. ފަޒްލީގެ ރުހުމަކަށް އެކަކުވެސް ނުބެލިއެވެ. ފަޒްލީ ހުރީ ވަރަށް ނުރުހިފައެވެ. އެތެރެ އެތެރޭންނެވެ.
”ވަރަށް ބޮޑަށް ޝުކުރިއްޔާ!“ ފަޒްލީ ބުނެލިއެވެ.
އިތުރަށް ދައްކާނެ ވާހަކައެއް އަފްޒަލްގެ ދުލަކު ނެތެވެ. އެކަމަކު، އަފްޒަލްގެ ހިތްވެސް ފަޒްލީއަށް ތައުރީފު ކުރިއެވެ. ހިތްހެޔޮކަމާއި ރީތިކަމަށްޓަކައެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތިގެން އަފްޒަލް ދިޔައީއެވެ. ދަމުންދަމުން އަފްޒަލް ހިތަށްއެރި އެވެ. އެހާ ރީތި އަންހެންކުއްޖަކު، އެހާއޯގާތެރިކޮށް ވާހަކަ ދެއްކީމަ ވެސްއަފްޒަލްގެ ހިތަށް އުފަލެއް ނު ލިބުނީ ކީއްވެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބުވެސް އަފްޒަލަށް އެނގެއެވެ. ހިތުގައި ލޯބި ނެތީއެވެ. އަފްޒަލް ފަހަތް ބަލައިލިއެވެ. ފަޒްލީ ބަލަހައްޓައިގެން ހުއްޓެވެ. ހެވިފައެވެ. ފަޒްލީގެ ހިތުގައި ލިޔެވިފައިވާ އެއްޗެއް އަފްޒަލަކަށް ނޭނގެއެވެ. އެނގުނު ހާވެސް އެއްޗަކީ އަފްޒަލަށް ޓަކައި އެ ކުއްޖާގެ ހިތުން ޖާގައެއް ހުސްވި ކަމެވެ. އަފްޒަލް ދިޔުމުންއެހެން އެކުވެރިން ފަޒްލީ ގާތަށް ޖެހިލިއެވެ.
”ކާކު އެއީ؟ ބޭބެއެއްތަ؟“ ނޭނގޭ ކަމަށް ހަދާފައި އެކަކު އެހިއެވެ.
”ކާފަ އެއީ. ކީއްކުރަން ކަލޭމެން ތީގަ ހިފީ؟“ އަތުގައި އޮތް ރުޕާ ސަލުދުރަށް އެއްލައި ލަމުން ފަޒްލީ ބުންޏެވެ.
”އަޅެ އެއްލާލީތަ؟“ އެއް ކުއްޖަކު އެހިއެވެ.
”އަހަރެން ނޫޅެން، ބަނޑަށްޖެހިގެނެއް. މީހަކު ދޭހާ އެއްޗެއް ކާންޖެހޭތަ؟“ ފަޒްލީ ހުރީ ރުޅިއައިސްފައެވެ.
”ފަޒީއަށް ގެނެސްދިން އެއްޗެއް އަހަރުމެން ކާލިޔަސް.. “
”މަށަށް ގެނައި އެއްޗެއް ވިއްޔާ، މަށަށްވުރެ ކުރިންތަ ކަލޭމެން އަރައިގަންނަންވީ؟ ފިރިހެނުންގެ ގޮތް މަ ދަންނަމޭ! ދެން ގުޅާނީ ގެޔަށް. ކިހާ ރަނގަޅު ފުރުސަތެއް ތިދިނީ ގުޅަން.“ ފަޒްލީގެ މޫޑު ބަދަލުވިއެވެ.
”ގުޅައިފިއްޔާ ބަވާލާ!“ އެކުވެރިން ލަފާދިނެވެ.
”އަހަރެން އުޅޭ ވައްތަރެއް ނޫނޭ އެއީ.“ ފަޒްލީ ބުންޏެވެ.
އެވަގުތު ފަޒްލީގެ އެކުވެރިޔަކަށް ސަންޖޭ ފެނުނެވެ. ކޮންމެ ވެސް އެއްޗެއް ހިފައިގެން އަންނަނިކޮށެވެ. މައު ލޫ ބަދަލުކޮށްލުމަށްޓަކައި ދަނޑިވަޅުގެ ބޭނުން އެކުވެރިޔާ ހިފިއެވެ.
”އެހެރަ އަންނަނީ ސަންޖޭ!“ ރަހުމަތްތެރިޔާ ބުންޏެވެ.
ސަންޖޭ އައީ ރަތް މަހެއް ފިހެގެން ހިފައިގެންނެވެ. ވަރަށް އުންމީދާއެކު ބަލަހައްޓައިގެން ހުއްޓައިސަންޖޭ އެ މަސް ދިއްކޮށްލިއެވެ. އެންމެނަށްވުރެ އަވަހަށް ފަޒްލީ އޭގައި ހިފިއެވެ.
”މީ ކޯޗެއް؟“ ފަޒްލީ އެހިއެވެ.
”ރަތް މަހެއް.“ ސަންޖޭ ހިނިތުންވެލައިފައި ބުންޏެވެ.
”ތީ ބާކީތަ؟“ ޢަޒްމާ އެހިއެވެ.
”ރީތި ކުދިންނަށް ގެންނާނީ ހާއްސައެއްޗެހި. އެ ތަނަށް ގޮސްފަހިތަށްއެރީ ފަޒީ މަތިން ހަނދާން ނައްތާލާފަ ކާކަށް ނުވާނޭ. އަހަރެން ބޭނި މަހެއް ރީތި ކުއްޖަކު ކެއީމަ އަހަންނަށާ މަހަށްވެސް ހިތްހަމަޖެހުން ލިބޭނެ.“ ހިނިތުންވަމުން ސަންޖޭ ބުނެލިއެވެ.
”ސަންޖޭއަށް އަހަރެންގެ ނަންވެސް އެނގޭތަ؟“ ފަޒްލީ އަވަސްއަވަހަށް އަހައިލިއެވެ.
”ކުރިއަކުން ނޭނގެ. އެކަމަކު މާ ގިނަ މަސައްކަތްތަކެއް ނުޖެހުނު ކުރާކަށް.“
ސަންޖޭ އެނބުރި ހިނގައިގަތެވެ. ފަޒްލީގެ ހިތް ހިފައިގެންނެވެ. ސަންޖޭއަކީ ފަޒްލީ ދުށް އެންމެ ރީތި މީހާއެވެ. ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށް އެ ފަދަ މީހެއްގެ ހިތުން ފަޒްލީއަށް ގާމަމެއް ހޯދުނީއެވެ. އަވަހަށެވެ. ފަސޭހައިންނެވެ. ސަންޖޭ ދިޔައިރު އެންމެން ތިބީ ސަންޖޭ ނައިސްގެންނެވެ.
”ކޮންތާކުން ޝުޖާ ތި އައީ؟“ ސަންޖޭގެ އަސްލު ނަމުން ގޮވަނީ ހަމަ އެކަނި ރީޝާއެވެ. ސަންޖޭގެ ލޯބިވެރިޔާއެވެ.
”އަލަށް ލިބުނު ރަހުމަތްތެރިޔަކަށް ހަދިޔާއެއް ދީފަ މި އައީ. ރަހުމަތްތެރިޔެކޭ ބުނީމަ ހީވަނީ ފިރިހެނެއް؟ ދޯ ހެންއެކަމަކު ސަޅި ބިޓެއް އެއީ.“
އެވަގުތު ރީޝާ ފާޑަކަށް ބަލައިލިއެވެ. ސަންޖޭ ހީނގަތެވެ.
”ހަމަ ރަނގަޅަށް މި ބުނީ. ފްރެންޑެއް އެއީ. ކައިވެނި ހަމަޖެހިފައޮތް ލޯބިވެރިޔާއަށް ދޮގެއް ނުހަދާނެއެއްނު.“ ސަންޖޭ ޔަގީންކަންދިނެވެ.
”ހަމަ ޔަގީނޭ އެއްވެސް އެއްޗެއް ހިތުގަ ނެތް ނަމަ މަސް ފިހެގެން ގެނެހެއް ނުދޭނެކަން.“ ޢަޒްމާވެސް ފަޒްލީ އަށް ޔަގީންކަން ދެމުން ގެންދިޔައެވެ. އެހުމީ ން އޭރު ތިބީ އެ މަސް ކާށެވެ.
މައްސަލައަކީ އެންމެނަށްވެސް އޮޅުނުކަމެވެ. އަފްޒަލް ހީކުރީ ފަޒްލީގެ ހިތުގައި އަފްޒަލަށް ޓަކައި ލޯބި އުފެދުނު ކަމަށެވެ. ފަޒްލީ ހިތުން ސަންޖޭގެ ލޯބި ލިބުނެވެ. ސަންޖޭ ހިތުން ފަޒްލީގެ ރަހުމަތްތެރިކަން ލިބުނެވެ.
ފަޒްލީ ފިހާރައަށްޑިއުޓީއަށް އައީ އަށްގަޑި ސާޅީސް ހިނގި ފަހުންނެވެ. ތެޅެމުން ފޮޅެމުންނެވެ. ފިހާރައިގެ އޭސީގެ ފިނި ޖެހުމާއެކު ފަޒްލީއަށްފިނިކަން އިހުސާސްވިއެވެ. މައިނޭވައެއް ބޭރުކޮށްލެވުނެވެ.
”އަވަސްކުރަން ހަދައިގެން ބައިސްކަލުގެ ތަޅުދަނޑި ގެއްލުނީ. ދެން ކާރަކާ ގުޅައިގެން އަތުޖެހުނީ އޭސީވެސް ނެތް ކާރެއް. އެވަރުން އާދެވުނުއިރު ވެސް ގަޑިޖެހިއްޖެ!“
ސެންޓުފުޅިތައް ތަރުތީބުކުރަން ހުރިރިޝްފާ ވަރަށް ހަލުވި ކޮށް ހިނގާފައި އައެވެ. މީހުން ގިނަވެފައި އޮތުމާއެކު، ފަޒްލީއަށް އިވޭވަރަށް ގާތަށް ޖެހިލަ އިފައި ބުންޏެވެ.
”ތަންކޮޅެއް ހަމަ ލަ! ސްވީސަންޖޭ ނުކުތްތާ ނުވާނެ ފަސް މިނެޓުވެސް.“
”އަޅެ! ނުބުނިނަމަ ތިވާހަކަ. ކީއްކުރަން އައީ؟“ ފަޒްލީ އެހިއެވެ.
”ތަމިނަށް އަންނާނީ އެންމެ ކަމަކު. ”ސަފާރީ“ ހޯދަން. އެ އެއްނު އެންމެ ފިރިހެން ސެންޓަކީ. ބުންޏޭ ފަޒީ ކޮބައިހޭ. ތެދެއް ބުނަން؟ ވަރަށް ޖެލަސްވި!“ ރިޝްފާ ހާމަކުރީ ތެދެވެ.
ފުޅިތައް އަތުރައިފައިވާ ހަރުގަނޑުގެ އެއްއަރިމަތީގައި ހުރި ލޯގަނޑުކޮޅުން ފަޒްލީގެ ފަން އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެވަގުތު އެފިހާރައިގައި ތިބި އެންމެންގެ ސަމާލުކަން ފަޒްލީ ހޯދިއެވެ.
”ޖޭވިޔަސް މިކަހަލަ ސަޅި ލުކެއް ނެތިއްޔާ މިހާރުގެ ބިޓުންގެ ސަމާލުކަމެއް ނާތުލެވޭނެ.“ ފަޒްލީ ލާނެތްވެފައި ބުންޏެވެ.
”ތި އިސްތަށިގަނޑުގަ ލާފަ ހުރި ކަހަލަ ޝޭމްޕޫ މިތަނުގަ އެބަހުރިތަ؟“ ލާނެތް މީހަކު އެވަގުތު އެހިއެވެ.
ފަޒްލީ އެ ޝޭމްޕޫ ދެއްކުމުން އެމީހާ ދިޔައީ ގަނެގެންނެވެ. އެކަމާ ހެމުންހެމުން އައިސް ފަޒްލީ އަތްގަނޑު ނެގީ ސަންޖޭއާ ގުޅާލުމަށްޓަކައެވެ. އޭރު އެ ފޯނަށް ކޯލެއްވަނީ އައިސްފައެވެ.
”ހަލޯ!“ ފަޒްލީ ބުނެލިއެވެ.
”ފަޒީތަ؟ ކިހިނެއް؟“ އަފްޒަލްގެ އަޑު ފަޒްލީއަށް އިވުނެވެ.
ފެންނަން ނެތުމާއެކު، ފަޒްލީވީ އަމަށަކު ފޫއްސެއް ނޫނެވެ. އެހެން ނަމަވެސް، ރާގުން އެކަމެއް ނާންގައެވެ.
”ހާދަ ރަނގަޅޭ. އަފޫ ކިހިނެއްތަ؟“ ފަޒްލީ އެހިއެވެ.
”ގޯހެއް ނޫން. މިހާރު ވަޒީފާ އަދާކުރާ ތަނުގެ ނަންވެސް ހޯދިއްޔޭ. ހަ އިރާންވޭ؟“ ދޯ
ބުނަން ނުކެރުނު ނަމަވެސް ފަޒްލީ ގާތަށް އައީ ރުޅިއެވެ. ކުރީ ދުވަހު ބަތް ޕާރު ސަލުދީފައި ފަހަތުން އަޅައިގަންނާނެކަން މާ ކުރިން ވެސް ފަޒްލީއަށް އެނގެއެވެ.
”އާނ! ހިތަށްއަރާ ކިހިނެއްބާއޭ ހޯދީ؟“ ނުރުހިފައި ހުރެގެން ނަމަވެސް ފަޒްލީ ބެލީ ވަރަށް އޯގާތެރިކޮށް ވާހަކަ ދެއްކޭތޯއެވެ.
”އަހަރެން ހޯދަން ބޭނުން އެއްޗެއް ކިތަންމެ އުނދަގުލުން ނަމަވެސް އަހަރެން ހޯދާނަން. ފަޒީގެ މައުލޫމާތު ވެ ސް ވަރަށް މަސައްކަތުން ހޯދީ. އަނެއްކާ އުނދަގޫވޭތަ؟ ވަރަށް މީހުންގިނަ ގަޑިއެއްތަ؟“ މީ
”މީހުން މަދެއް ނޫން. އެކަމަކު ރަނގަޅުވާނެ.“ ފަޒްލީ ހިތާ ދެކޮޅަށް ބުންޏެވެ.
އަފްޒަލް އެ ވަގުތު އިނީ ރަހުމަތްތެރިޔަކަށް ފޯނު އިއްވާށެވެ. ސާބިތުކޮށްދިނުމަ ށްޓަކައެވެ. ހައިރާންވެ އިނދެގެން އެކުވެރިޔާ ފޯނު އަހަމުން ގެންދިޔައެވެ.
”ރައްޓެހިން ފަހުން ދިމާކުރިތަ؟“ އަފްޒަލް އެހިއެވެ.
”އާނ! ވަރަށް ދިމާކުރި. އެއީ އެ މީހުންގެ ވައްތަރު. އަހަރެން ކަހަ އެލަ ކަންތަކަކާ އަޅައެއްނުލަން. “
އެހާ ހިސާބުން ވާހަކަ ހުސްވީއެވެ. އެއީ ވެދާނެ ގޮތެކެވެ. ފަޒްލީ ވާހަކަ ދައްކަނީ ދައްކާ ހިތަކުން ނޫނެވެ. ވުމާއެކު ބުނަން އޮންނާނީވެސް ކޯޗެއް ހެއްޔެވެ؟
”ދެން.. ކިހިނެއްތަ؟ ކީއްކޮށްލަނީތަ؟“ ހުސްވަގުތު މާ ދިގުވުމުން ފަޒްލީ އެހިއެވެ.
”ވަރަށް ރީތި އަންހެންކުއްޖެއްގެ ފޮޓޯއެއް އެބައޮތް. އެ ބަލަން މީނީ.“
އަފްޒަލް އަތުގައި ދެތިން ފޮޓޯގަނޑެއް އޮތެވެ. ކުރީ ދުވަހު އަފްޒަލް ބަތް ޕާރުލުސަ ތައް ދިންއިރު އަފްޒަލް ފޮޓޯވެސް ނެގުވިއެވެ. އެކުގައި އައި ރަހުމަތްތެރިޔާ ލައްވައެވެ. ފަޒްލީގެ ވަރަށް ރީތި ދެތިންގަނޑެއް ނެގިފައި އޮތެވެ.
”އަންހެންކުދިންގެ ފޮޓޯވެސް އެއްކުރަންތަ؟“ ފަޒްލީ އެހިއެވެ.
”ކުދިންގެއެއް ނޫން. އެންމެ ކުއްޖެއްގެ.“ އަފްޒަލް ހިތްވަރުކޮށްފައި ބުންޏެވެ.
ފަޒްލީއަށް ޝައްކެއްވިއެވެ. އެ ދުވަހު ވެސް ފަޒްލީއަށް އެ ކަހަލަ ހީއެއްވިއެވެ. މީހަކު ފޮޓޯ ނެގިހެން ހީވިއެވެ. ދެންވީ ފޫހި މާ ބޮޑުވިއެވެ. ފަޒްލީގެ ފޮޓޯ އަކީ ފިރިހެންކުދިން ބޭނުންވެގެން އުޅޭ ތަދު އެއްޗެކެވެ. އެއްވެސް އެކުވެރިޔަކަށް ވެސް ފަޒްލީ ފޮޓޯއެއް ނުދެއެވެ. އެހެންކަމުން ފަޒްލީ ފޫހިވާ މީހެއްގެ އަތުގައި ފޮޓޯއެއް އޮތަދޭކަށް އަމުދުން ފަޒްލީ ބޭނުމެއް ނުވެއެވެ. އެކަމަކު ރުޅި އައިސްގެން ފޮޓޯއެއް ނުލިބޭނެކަން ފަޒްލީއަށް ވިސްނުނެވެ.
”އަޅެ އަހަރެންގެތަ؟ ބަލާލަން ބޭނުން.“ ވަރަށް ރާގުލާފައި ފަޒްލީ ބުންޏެވެ.
އަފްޒަލް ހީނގަތެވެ. ފަޒްލީގެ މޫނުމައްޗަށް ވެރިވީ ނުތަނަވަސްކަމެވެ. ކައިރީގައި ތިބި އެކުވެރިން އެ މަންޒަރު ދުށްވެ. ޓެ އޭރު ފިހާރައިގައި މީހުން އެހާ ގިނައެއް ނޫނެ ވެ.
”މާދަމާރޭ ތިކޮޅަށް ވައްޓާލާނަން.“ އަފްޒަލް އެ ފުރުސަތުގެ ބޭނުން ހިފިއެވެ.
އަފްޒަލްގެ އެ ޖަވާބާމެދު ފަޒްލީ ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ އެއްވެސް ޖަވާބެއް ނުދެވުނެވެ.
”ގަބޫލު ނުކުރެވެނީތަ؟ އަހަރެން މަކަރެއް ނުހަދާނަމޭ.“ އަފްޒަލް ޔަގީންކަން ދިނެވެ.
”އަހަރެން އަފޫއަށް އިތުބާރު ކުރަމޭ.“ ފަޒްލީއަށް އެ ނޫން ގޮތެއް ނެތެވެ.
ފޯނު ބޭއްވުމަށް ފަހު، ރަހުމަތްތެރިޔާއާ އަފްޒަލް ސުވާލު ކުރިއެވެ.
”ކިހިނެއް ހީވަނީ؟ ދޮގުތަ އަހަރެން ހެދީ؟“ އަފްޒަލް ފަޚުރުވެރި ވެފައި އެހިއެވެ.
”ނޫނޭ! އެކަމަކު އަހަރެން ހިތަށްއަރަނީ، ތިހާ އަވަހަށް އެހާ ކުޑަކުޑަ ފެނިލުމަކުން ކިހިނެއްހޭ އެކަހަލަ ސަޅި ބިޓެއް ކާމިޔާބު ކުރެވުނީ؟ އަހަރެން ހީކުރީ އެހާ ރީތި ކުދިން ތިބޭނީ ރިޒާވު ކޮށްފަ ކަމަށް. މިކަހަލަ ތި ކަހަލަ މީހުނާ ވާހަކަ ވެސް ނުދައްކާނެ ކަމަށް.“ ޢުމަރު ހުރީ އަޖައިބުވެފައެވެ.
”ބުނަންތަޢުމަރާ! ރީތި ކުދިންނާ ދޭތެރޭގައެންމެންވެސް ހީކުރާނީ ތިހެން. އޭގެ މާނައަކީ އެހެން މީހަކާ ރައްޓެހިވެގެން އުޅޭކަމަށް ހީކޮށް އެކަކު ވެސް ނާހާނޭ ރައްޓެހިވާކަށް. އެންމެ ރީތި ކުދިން ތިބޭނީ ހުސްކޮށް. އެކަމަކު އެ ކުދިން ހީކުރާނީ ތިމަންނަމެންނާ ރައްޓެހިވާނޭ ހަކުމީ ނުވާނޭ. އޭގެ ފައިދާ ލިބޭނީ މިކަހަލަ ކެރޭ މީހުންނަށް.“ އަފްޒަލް ގިރުވާން ކޮޅަށްޖަހަ އިލައިފައި ބުންޏެވެ.
”އަހަރެން ހަމަ ކޮސްވެއްޖެ! އޭނަ އަފްޒަލްދެކެ ގަދަޔަށް ލޯބިވެއްޖޭ!“ ޢުމަރު ބުނެލިއެވެ.
”ކޮންތާކު؟ އަހަރެން އެބައުޅޭތަ އެ ކަހަލަ ބޮކްސާއެއް ނުލިބިގެން.“ ފަޒްލީ ވަރަށް ރުޅިވެރިކަމާއެކު އެކުވެރިންނަށް ހަގީގަތް ހާމަކުރިއެވެ.
”ހާދަ ރުޅިއެއް އައިސްފަ؟“ އެކަކު އެހިއެވެ.
”އެހެންޏަ! އަހަރެން ބުނެގެނެއް ނޫން އެ ޕާރުސަލެއް ގެނައީކީ. ކޮންމެހެން ޖެހޭތަ މަގޭ ފޮޓޯވެސް ނަގަން. ވަރަށް ފޫހިވޭ! ރަނގަޅަށް ވެއްޖިއްޔާ މިރޭ އެ ނުގެނައީ ކޮޕީ ހައްދަންވެގެން.“
”ރަށުތެރެއަށް ބަހަންކަންނޭނގެއެއްނު.“ އަނެކަކު ބުނެލިއެވެ.
”އެހެނެއް ނުވާނެ. ބޮލަށް އެރިގެން ނަމަވެސް އަތުލާނަން.“ އެއީ ފަޒްލީގެ ޢަޒުމެވެ.
”ބުނާތި ނެގެޓިވްތައް ދެއްޗޭ!“ ރިޝްފާ ލަފާދިނެވެ.
އަފްޒަލް ނެގެޓިވްތައް ދިއްކޮށްލީ ސޭޓަށެވެ. ފޮޓޯގެ ކޮޕީ ހައްދަންވެގެން އެރޭ އަފްޒަލް ދިޔައެވެ.
”ވައްތަރަކުން ފަސްގަނޑު. މިގަނޑު ބޮޑުކޮށްލަދޭތި!“ ދެ މީހުން އެންމެ ރީތިކޮށް ތިބި ގަނޑު ދައްކަ އިފައި، އަފްޒަލް ބުންޏެވެ.
ފޮޓޯ ސްޓޫޑިއޯއިން ނިކުތްއިރުއަފްޒަލް ހުރީ ދެހިޔާލުގަ އެވެ. އަންހެންކުއްޖެއްގެ އެއްވެސް ފޮޓޯއެއް އަފްޒަލް ބޭނުމެއް ނޫނެވެ. ގުޝައުވެރިކަމެއްވެސް ނެތެވެ. ފަޒްލީ ރީއްޗެވެ. ވަރަށް ރީއްޗެވެ. ފަޒްލީގެ ހިތުގައި އަފްޒަލަށް ޓަކައި ލޯބި އުފެދިއްޖެ ކަމަށްވެސް އަފްޒަލް ގަބޫލު ކުރެއެވެ. ހިތާމަޔަކީ އަފްޒަލަށް ލޯބިވެވެން ނެތްކަމެވެ. ފަޒްލީ ގެނެސް އަފްޒަލްގެ މިލްކަކަށް ހަދަން އަފްޒަލް ބޭނުންވަނީ އެންމެ ސަބަބަކަށްޓަކައެވެ. ދުނިޔޭގެ ލޯތަކުގައި އަނދުން އަޅުވާށެވެ. ތެދަށް ބުނާނަމަ އަފްޒަލަށް ލިބޭނީ ނުސީދާ އުފަލެކެވެ. މަސްނޫ އީ ހިތްހަމަޖެހުމެކެވެ.
ފަޒްލީ އޮތީ ވަރަށް ހިތްހަމަޖެހިގެންނެވެ. އެނދުގައި ބަންޑުން އޮށޯވެލައިގެން އޮތްއިރު އަތުގައި އޮތީ ސަންޖޭދަތުގެ ޕޯސްޓްކާޑު ކެފޮތެވެ. އެއީ އިންޑިޔާއިން އައި ރައްޓެއްސަކު ގެނައި ހަދިޔާއެކެވެ. ފޮތުގެ ކޮންމެ ގަނޑެއް އެއްލުމާއެކު ފަޒްލީ ހަނދާންވަނީ ސަންޖޭއެވެ. މާލެއިން ފެންނަ ޒުވާނާއެވެ. އެއާއެކުފަޒްލީގެ ނޭވާ ފުންވެ އެވެ. ހިތް އަވަސްވެއެވެ. ފަޒްލީ ބޭނުންވާ ހުރިހާ ސިފައެއް ސަންޖޭގެ އެބަހުއްޓެވެ. ޒަމާނީ ގޮތެވެ. އަޅައިގަންނަ ސިފައެވެ. އެންމެ މަގުބޫލު ފިލްމުސްޓާރާ ވައްތަރު ސިފަ އެވެ. ހަމަ އެ ހަރަކާތްތަކެވެ. ފަޒްލީ ދެކޭގޮތުގައި ފަޒްލީއާ ސަންޖޭވަރަށް ގުޅެއެވެ.
އެހެން ރެޔެކެވެ. ވިޔަފާރި ރަނގަޅު ވަގުތެކެވެ. ފަޒްލީ އުޅުނީ ވަރަށް އަވަދިނެތިއެވެ. އާ މުދާތަކެއް އައިސްގެން އުޅޭތީއެވެ. ފަޒްލީއާ ހަވާލުވެފައިވަނީ، ބާ މުދާތައްއެއްކުރުމެވެ. ނުވިކިފައި ހުރި ޝޭމްޕޫފުޅިތަކެއް ގުނަން ބިއްދޮށުގެ ހަރުގަނޑެއް ކައިރީގައި ވަރަށް ފަރުވާތެރިކަމާއެކުއިންދާ ނޫމާ ގޮވާލިއެވެ. ފަޒްލީއަށް އަޑުއިވުނު ވެސް މެއެވެ. ގަސްތުގައި އަޅާނުލީއެވެ. އިރުކޮޅަކުން ނޫމާ އައެވެ.
”އޭ! ފަޒީގެ ބިޓު އެބައިން އައިސް. ބުނީ ގޮވާލަދޭށޯ.“ ނޫމާ ބުންޏެވެ.
”މަގޭ ބިޓޭ؟ ނުހުންނާނެ ތިކަހަލަ ބި ރެއް.“ އިސްއުފުލާނުލާ ފަޒްލީ ޖަވާބުދިނެވެ.
ފަޒްލީ އާދޭތޯ ނޫމާ މަޑުކޮށްލިއެވެ. ލަސްވާތީ އަނެއްކާވެސް ގޮވިއެވެ.
”އޭތް! ދެން ހިނގާބަލަ! އޭނަ އައިސް އިންނަތާ ލައްކަ އިރު ވެއްޖެ.“ ނޫމާ އެދުނެވެ.
”ކާކުތަ އައިސް އިނީ؟“ ފަޒްލީ އިސްއުފުލައި ލިއެވެ.
”ފަޒްލީ! އެ މީހާޔަށް ޖަވާބެއް! ދީބަލަ“ ޖަމީ ލުގެ އަޑު އިވުނެވެ.
ފަޒްލީއަށް އިވުނީ ބޮޑު ސޭޓުގެ އަޑެވެ. ޖަމީލަކީފިހާރައިގެ ވެރިމީހާއެވެ. ނޫމާ އަވަސް އަވަހަށް އެ ތަނުން ނުކުމެގެން ކުރަންހުރި މަސައްކަތްތަކާ ހަވާލުވިއެވެ. ފަޒްލީ ހިނގައިގަތީ ކުޑަކޮށް ނުރުހި ހުރެގެންނެވެ. ސީދާ ޖަމީލު އައިސް ބުނަން ޖެހުނީ، ހިތްހަމަނުޖެހިގެންކަން ފަޒްލީއަށް ވިސްނުނެވެ.
”މީސްމީހުނާ ބައްދަލުކުރުން ބާއްވަން ވާނީ އަމިއްލަ ވަގުތުގަ. ޑިއުޓީ ގަޑީގަހިޔާލު ބަދަލުކޮށް ހީ ނސަމާސަކުރަން ވެއްޖެއްޔާ މަސައްކަތެއް ނުކުރެވޭނެ.“ ޖަމީލު ހުރަސްކޮށްފައި ދަނިކޮށް ފަޒްލީއާ ދިމާއަށް ޖަމީލުބުނެލި އެވެ.
ފަޒްލީ ދިޔައީ ރުޅިއައިސްގެންނެވެ. އެ ވަގުތު ފެނުނީ އަފްޒަލެވެ. އަތުގައި އޮތީ ފޮޓޯ ލާ ކަހަލަ އުރައެކެވެ. ފަޒްލީ ބޭނުންވީ ހަރުކަށި އެއްޗެއް ބުނާށެވެ. އެހެން ނަމަވެސް އެފޮޓޯތަކަށްޓަކައި ރުޅި ކޮންޓުރޯލު ކުރިއެވެ.
”ފޮޓޯތައް ހިފައިގެން މިއައީ.“ އަފްޒަލްބުންޏެ ވެ.
”ހާދަ ރަނގަޅޭ. ކިހާވަރެއް ދޭންވީ؟“ ދަށުވާކަށް ފަޒްލީ ބޭނުމެއް ނުވެއެވެ.
”އަޅާނުލާ! ދެން ދިޔައްޔޭ! ފަހުން ގުޅާނަން.“ އަފްޒަލް ދަމުން ބުންޏެވެ. (ނުނިމޭ)



